ޚަބަރު

ސޭޝެލްސްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • މިނިވަން ދުވަހު އުފާވެރިކަމާއި އެއްބައިވަންތަކަމަށް އެދިވަޑައިގެންނެވި

  • ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ

ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވަވެލް ރަމްކަލަވާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސޭޝެލްސްގެ މިނިވަން ދުވަހު އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި އެއްބައިވަންތަކަމަށް އެދޭ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާއި ސަރުކާރަށާއި، ރައްޔިތުންނަށް އަރިސްކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމަށްވެސް ފައިދާވާ ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ދޭދޭ ގުޅުން ވަރުގަދަކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ސީޝެލްސް މިނިވަންވީ 1977 ވަނަ އަހަރުއެވެ. މިއަދަކީ އެ ޤައުމުން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ. ސޭޝެލްސްގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އެ ޤައުމުގެ ޤައުމީ ދުވަސްވެސް ފާހަގަކުރަނީ ހަމަ އެއް ދުވަހެއްގައެވެ.