ޔަހޫދީން ދެކުނު ލުބުނާނަށް އަމާޒުކޮށް އަނެއްކާ ވެސް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފިއެެވެ.
ޔަހޫދީންގެ ވައިގެ ޙަމަލާތައް ދީފައި ވަނީ ދެކުނު ލުބުނާނުގެ ނަބަޠީހަށެވެ. ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙިޒްބުاللهން މީގެ ކުރިން ބޭނުން ކުަރަމުންދިޔަ އަސްކަރީ މަރުކަޒަކަށް ޙަމަލާދީ ގެއްލުންދީފައިވަނިކޮށް އެ މަރުކަޒު އަލުން މަރާމާތުކޮށް ބޭނުން ކުރުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށް ޔަހޫދީން ބުނެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ލުބުނާނުގެ ރައީސް ޖޫޒީފް އޫން ވިދާޅުވީ ޔަހޫދީން ވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެވިދާނެ ކަމަށެވެ. އެއްބަސްވުން ޤާއިމުކުރުމަށްފަހުގައި ވެސް ޔަހޫދީން ލުބުނާނަށް އެތައް ފަހަރެއްގެ މަތިން ޙަމަލާ ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދެ ފަރާތުގެ ދެމެދުގައި ޤާއިމުކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައިވާ ގޮތުން ދެކުނު ލުބުނާނުގައި ދައުލަތުގެ ސިފައިން ފިޔަވައި އިތުރު ހަތިޔާރު އެޅި ބަޔަކަށް އެ ސަރަޙައްދުގައި ޙަރަކާތްތެރި ނުވެވޭނެ ކަމަށެވެ. އަދި ޔަހޫދީ ސިފައިން ވެސް އެ ސަރަޙައްދު ދޫކޮށް ދާން ޖެހެއެވެ. އަދި ލުބުނާނާއި ޔަހޫދީންގެ ސަރަޙައްދީ ރޮނގުގައި ބަދަލުކުރާ ޙަމަލާތައް ވެސް ހުއްޓުމަށް ގެނައުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
ލުބުނާނުގެ ފަސް ސަރަޙައްދެެއްގައި އެމެރިކާގެ ސިފައިން އަދިވެސް ޤާއިމުވެ ތިބެއެވެ. އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ޤަވާއިދުން ޙިޒްބުاللهގެ މެންބަރުން ޝަހީދު ކޮށްލައިފައިވެއެވެ.