ޚަބަރު

ފުޅަނދު ބުރަށް އާއްމުންގެ ބޮޑު ތަރުޙީބެއް!


މިނިވަން ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން، ރޭ ފެނިގެންދިޔަ ފުޅަނދު ބުރަށް އާންމުންގެ ފަރާތުން ބޮޑު މަޤްބޫލްކަމެއް ލިބިގެންގޮސްފައިވެއެވެ. މިއަދު ހަވީރު މާފަންނު ޓްރެކް ދަނޑާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި ފުޅަނދުތައް ދައްކާލުމަށް ކުޑަކުދިންގެ ހަވީރެއް ފާހަގަކުރައްވާފައެވެ. img:http://s1.psmnews.mv/images/660x400/14697270486061.jpg|ފުޅަނދުތައް އާއްމުންނަށް ދައްކާލުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުޅަނދު ބުރުގައި ބައިވެރިކުރި ފުޅަނދުތަކާއި، އަދި ފެނިގެންދިޔަ ކެރެކްޓާތައް، އާންމުންނަށް ދައްކާލުމަށްޓަކައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު، ޢާއިލާތަކުން އެ ސަރަޙައްދަށް ގޮސް، ފުޅަނދުތަކާއެކު ފޮޓޯ ނެގުމާއި، އެކުދިންގެ މަޤުބޫލު ކާޓޫން ކެރެކްޓާތަކާއެކު، އުފާވެރި ވަގުތުތަކެއް ވަނީ ހޭދަކޮށްފައެވެ. img:http://s4.psmnews.mv/images/660x400/14697270895738.jpg|ފުޅަނދުތައް އާއްމުންނަށް ދައްކާލުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރޭގެ ފުޅަނދުގައި ބައިވެރިކުރި ހުރިހާ ފުޅަނދެއް އެސަރަޙައްދުން ފެންނަން ހުއްޓެވެ. އަޅުގަނޑުމެން ވާހަކަދައްކާލި ގިނަ ކުޑަކުދިން ތިބީ ފުޅަނދުތައް ކައިރިން ބަލާލަން ލިބުމުން އެކަމާ ވަރަށް އުފާވެފައެވެ. img:http://s1.psmnews.mv/images/660x400/14697271071974.jpg|ފުޅަނދުތައް އާއްމުންނަށް ދައްކާލުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުޅަނދު ބުރަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޙަރަކާތެކެވެ. ފުޅަނދު ބުރުގެ ރަސްމީ ޙަރަކާތް ބަލާލުމަށް ރޭވެސް ވަނީ އެތައް ބަޔަކު މާލޭގެ މަގުތަކަށް ނިކުމެފައެވެ. ދިވެހިންގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ފުޅަނދުތަކުން ދައްކުވައިދޭއިރު، ފުޅަނދު ބުރަކީ ޢާއިލީގުޅުން ބަދަހިކޮށް، އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. img:http://s3.psmnews.mv/images/660x400/14697271334969.jpg|ފުޅަނދުތައް އާއްމުންނަށް ދައްކާލުން - ފޮޓޯ: ޕީއެސްއެމް ނިއުސް