ތަޢުލީމު

ޅަފަތުގެ ތަޢުލީމާބެހޭ ފޯރަމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ


މެލޭޝިޔާގައިބޭއްވި ޅަފަތުގެ ތަޢުލީމާއި ގުޅޭ ފޯރަމެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެންފިއެވެ.

'އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން އާލީ ޗައިލްޑްހޫޑް ކެއާ އެންޑް އެޑިޔުކޭޝަން' ގެ ނަމުގައި ކުރިއަށްދިޔަ މި ފޯރަމް ބާއްވާފައިވަނީ މެލޭޝިޔާގެޕުތުރާޖާޔާގައެވެ. މި ފޯރަމް ބާއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުންފެށިގެން 3ދުވަހުގެ މުއްދަތަކަށެވެ.

މި ފޯރަމްގައިމަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޕްރީސްކޫލް މަރުޙަލާގެ ތަޢުލީމް ޤައުމުތަކުގައިވީހާވެސް ފުޅާކޮށް ފޯރުކޮށްދިނުމާއި އަދި އޮއްޓަރުހުރި ފޭރާން ހެޔޮ ތައުލީމްތުއްތު ކުދިންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުން ހިމެނެއެވެ.

މެލޭޝިޔާއަށްކުރެއްވި މި ދަތުރުފުޅުގައި އެކަމަނާ ވަނީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ ފޯ ހަޔާއެޑިޔުކޭޝަން އާއި ބައްދަލުކުރައްވާފައެވެ. އަދި މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީގެތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ އިސްވެރިންނާއިވެސް މިނިސްޓަރ ވަނީބައްދަލުކުރައްވާފައެވެ.

މިނިސްޓަރގެއަރިހުގައި މި ދަތުރުފުޅުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އޮފިޝަލުންބައިވެރިވެ ވަޑައިގެންފައިވެއެވެ.