ޚަބަރު

15 އަހަރުން ދަށުގެ މެޑްލޭ ރިލޭގެ އެއްވަނަ މިލަންދޫ ސްކޫލާއި އަފީފުއްދީން ސްކޫލަށް


ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 15 އަހަރުން ދަށުގެ މެޑްލޭ ރިލޭގެ ޓީމު އިވެންޓުގެ ފިރިހެން ކެޓެގަރީގެ އެއްވަނަ މިލަންދޫ ސްކޫލުން ހޯދައިފިއެވެ. އެ ސްކޫލުން އެއްވަނަ ހޯދީ ދެ މިނެޓު 25.68 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދެވަނަ ހޯދީ 2 މިނިޓް 29.47 ސިކުންތުން ރޭސް ނިންމި އަފީފުއްދީން ސުކޫލުންނެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލެވެ. އެ ސުކޫލުގެ އެތުލީތުން ރޭސް ނިންމީ 2 މިނިޓް 31.96 ސިކުންތުންނެވެ.

15 އަހަރުން ދަށުގެ މެޑްލޭ ރިލޭގެ ޓީމު އިވެންޓުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އަފީފުއްދީނު ސުކޫލުންނެވެ. އެ ސުކޫލުގެ އެތުލީޓުން ރޭސް ނިންމީ 2 މިނިޓް 48.33 ސިކުންތުންނެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުންނެވެ. އެ ސުކޫލުގެ އެތުލީޓުން ރޭސް ނިންމީ 3 މިނިޓް 01.98 ސިކުންތުންނެވެ. ތިންވަނަ ހޯދީ 3 މިނިޓް 09.47 ސިކުންތުން ރޭސް ނިންމައިގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.

17 އަހަރުން ދަށުގެ 4 ގުނަ 200 މީޓަރު ރިލޭގެ ޓީމު އިވެންޓުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުންނެވެ. އެ ސުކޫލުން ރޭސް ނިންމީ 2 މިނިޓް 18.42 ސިކުންތުންނެވެ. ދެވަނަ ހޯދީ މަކުނުދޫ ސުކޫލުންނެވެ. އެ ސުކޫލުން ރޭސް ިންމީ 2 މިނިޓް 21.83 ސިކުންތުންނެވެ. ތިންވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުންނެވެ. އެ ސުކޫލުން ރޭސް ނިންމީ 2 މިނިޓް 22.51 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ 4 ގުނަ 200 މީޓަރު ރިލޭގެ ޓީމު އިވެންޓުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ މިލަންދޫ ސުކޫލުންނެވެ. އެ ސުކޫލުން ރޭސް ނިންމީ 1 މިނިޓް 45.56 ސިކުންތުންނެވެ. ދެވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެ ސުކޫލުން ރޭސް ނިންމީ 1 މިނިޓް 45.60 ސިކުންތުންނެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުންނެވެ. އެ ސުކޫލުން ރޭސް ނިންމީ 1 މިނިޓް 46.55 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ ސޮޓް ޕުޓްގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އަބުދުﷲ ފަސީހެވެ. އޭނާ ވަނީ 13.82 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެން 10 ޕޮއިންޓް ހޯދާފައެވެ. ދެވަނަ ހޯދީ ބިލެއްފަހީ ސުކޫލުގެ އަހުމަދު އަރުޝަމްއެވެ. އޭނާ ވަނީ 11.12 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެން 8 ޕޮއިންޓް ހޯދާފައެވެ. ތިން ވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ މުހައްމަދު ޝިފާގް އަހުމަދެވެ. އޭނާ ވަނީ 10.55 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެން 6 ޕޮއިންޓް ހޯދާފައެވެ.