ޚަބަރު

17 އަހަރުން ދަށުގެ 3000 މީޓަރު ދުވުމުގެ އެއްވަނަ އަފީފުއްދީން ސްކޫލުގެ އަރްޝާއަށް


ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 17 އަހަރުން ދަށުގެ 3000 މީޓަރު ދުވުމުގެ އަންހެން ކެޓެގަރީގެ އެއްވަނަ އަފީފުއްދީން ސްކޫލުގެ މަރިޔަމް އަރްޝާ މޫސާ ހޯދައިފިއެވެ.

ދެވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ސޮއައިމާ ބިންތި އަހުމަދެވެ. ތިންވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު އަރީޝާ އަހުމަދެވެ.

20 އަހަރުން ދަށުގެ 4 ގުނަ 400 މީޓަރ ރިލޭގެ ޓީމު އިވެންޓުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުންނެވެ.

ދެވަނަ ހޯދީ ހަނިމާދޫ ސުކޫލުންނެވެ. 20 އަހަރުން ދަށުގެ 4 ގުނަ 400 މީޓަރ ރިލޭގެ ޓީމު އިވެންޓުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުންނެވެ. ދެވަނަ ހޯދީ މިލަންދޫ ސުކޫލުންނެވެ. ތިންވަނަ ހޯދީ ހަނިމާދޫ ސުކޫލުންނެވެ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީގެ 4 ގުނަ 100 މީޓަރު ރިލޭގެ ޓީމު އިވެންޓުން އެއްވަނަ ހޯދީ މިލަންދޫ ސުކޫލުންނެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.

13 އަހަރުން ދަށުގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭގެ ޓީމު އިވެންޓުން އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުންނެވެ. ދެވަނަ ހޯދީ ނައިވާދޫ ސުކޫލުންނެވެ. ތިންވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.