ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް 34 މިލިއަން ރުފިޔާ


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް މިއަހަރުގެ ދެވަނަ ކުއަރޓަރގައި ސާފް ފައިދާގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ޑޮލަރުން ބަލާއިރު 2.2 މިލިއަން ޑޮލަރެވެ.

މި އަދަދަކީ މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 20 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 67 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީޑީސީއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުއާޓަރުގައި 53 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރގައިވެސް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 53 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނަވަނަ ކުއަރޓަރގައި ލިބުނު ފައިދާގެ އަދަދު އިތުރުވެފައިމިވަނީ ވިޔަފާރި ކުރުމަށް އެ ކުއަރޓަރގައި ހިނގި ހަރަދާއި ކުންފުނީގެ އެޑްމިނިސްޓްރޭޓިވް ޙަރަދުތައް ކުޑަކޮށްގެނެވެ. އެގޮތުން ފުރަތަމަ ކުއަރޓަރގައި ވިޔަފާރި ކުރުމަށް އެމްޓީޑީސީން 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދެވަނަ ކުއަރޓަރގައި 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.