ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 13 އަހަރުން ދަށުގެ 600 މީޓަރު ދުވުމުގެ އަންހެން ކެޓެގަރީގެ އެއްވަނަ ނައިވާދޫ ސްކޫލުގެ އައިނާ އިބްރާހީމް ޒުހެއިރު ހޯދައިފިއެވެ.
އޭނާ ރޭސް ނިންމީ 2:11.87 ސިކުންތުންނެވެ. މި އިވެންޓުގެ ދެވަނަ ހޯދީ ނައިވަދޫ ސުކޫލުގެ އައިމިނަތު ޖަނާންއެވެ. އޭނާ ރޭސް ނިންމީ 2:19.90 ސިކުންތުންނެވެ.
މި އިވެންޓުގެ ތިންވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔޫލީ މުހައްމަދު ހުސެއިންނެވެ. އޭނާ ރޭސް ނިންމީ 2:21.85 ސިކުންތުންނެވެ.
13 އަހަރުން ދަށުގެ 600 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޫދު އަހުމަދެވެ. އޭނާ ރޭސް ނިންމީ 2:03.90 ސިކުންތުންނެވެ.
ދެވަނަ ހޯދީ ނައިވާދޫ ސުކޫލުގެ ކައިފް ހަސަން ސަލީމެވެ. އޭނާ ރޭސް ނިންމީ 2:05.60 ސިކުންތުންނެވެ. ތިންވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ ހަސަން ނަޒީފެވެ. އޭނާ ރޭސް ނިންމީ 2:14.39 ސިކުންތުންނެވެ.
15 އަހަރުން ދަށުގެ ޑިސްކަސްއިން އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ މެހެރީން އަބުދުލްހަމީދެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ ފައިނާން މޫސާ ފައިޒާންއެވެ. ތިންވަނަ ހޯދީ ނައިވާދޫ ސުކޫލުގެ ފާތިމަތު ނާޔާ ވާހިދެވެ.
13 އަހަރުން ދަށުގެ ހާޑްބޯލް ތްރޯ އިވެންޓުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ނޮޅިވަރަމް ސުކޫލުގެ ޝައުނީ އިބްރާހިމްއެވެ. ދެވަނަ ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޔަޝްމު އަހުމަދު ޔާސްމީންއެވެ. ތިންވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިމިނަތު ރަޝާ އަލީއެވެ.