ކުޅިވަރު

ބޮޑު އަގުގައި ހިގުއެން ޔުވެންޓާސްއަށް


90 މިލިއަން ޔޫރޯއަށް ގޮންޒާލޯ ހިގުއެން ޔުވެންޓާސްއަށް ސޮއިކޮށްފިއެވެ. އިޓަލީގެ ނަޕޯލީއަށް މިދިޔަ ސީޒަންގައި ކުޅުނު ހިގުއެން ޔުވެންޓާސްއަށް ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުށްނެވެ. 

ނިމިގެންދިޔަ ސީޒަންގައި އިޓަލީ ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ހިގުއެން ހޯދުމަށް ޔޫރަޕްގެ ބޮޑެތި އެހެން ކްލަބްތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަޕޯލީއިން ބޮޑު އަގުގައި ހިގުއެން ވިއްކިއިރު މިއީ މިހާތަނަށް ޓްރާންސްފަރގައި ތިންވަނައަށް ކުޅުންތެރިއަކު ގަތުމަށް ހޭދަކުރި އެންމެ ބޮޑު އަގުކަން ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯއާ ބޭލްގެ ފަހަތުން ހިގުއެންގެ ޓްރާންސްފަރ އުޅޭއިރު، ޔުވެންޓާސްއިން މިހާރު ތައްޔާރުވަނީ އެކްލަބްގެ ތަރި ޕޮގްބާ ރެކޯޑް އަގަކަށް ވިއްކާލުމަށެވެ. 

ނަޕޯލީގެ ހިގުއެން މިދިޔަ ސިޒަންގައި 36 ގޯލް ޖަހައިގެން ގޯލްޑަން ބޫޓު ހޯދިއިރު މިއީ 2016 ވަނަ އަހަރުގެ ފަހުން މިހާ ގިނަ ގޯލް އެއް ސީޒަނެއްގައި އިޓަލީ ލީގުގައި ކުޅުންތެރިއަކު ޖެހި ފުރަތަމަ ފަހަރެވެ.