މުނިފޫހިފިލުވުން

އަނީތާގެ ފޭނުން ރާއްޖޭގައިވެސް ތިބިކަން އެނގިއްޖެ!


އިންޑިޔާގެ ފިލްމީދާއިރާއާއި ޑްރާމާ ސީރީޒް ތަކުގައި ޙަރަކާތްތެރިވާ ގިނަ ފަންނާނުންނަކީ ދިވެހިން ދެނެ ފަރިތަ ވަރަށް މަޤްބޫލް ފަރާތްތަކެކެވެ.

ސްޓަރ ޕްލަސްއިން ދައްކާ ޑްރާމާ ސިލްސިލާ "ޔޭހޭ މުހައްބަތޭން" ގައި ޝަގުން އަރޯރާގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންދާނީ ވަނީ އޭނާގެ ބައެއް ފޭނުންނާއި ރަސްފަންނުގައި މިއަދު ބައްދަލުކޮށްފައެވެ. އަނީތާ އާއި ބައްދަލުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެސަރަޙައްދަށް ގޮސްފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14695542818929.jpg|އަނީތާގެ ފޭނުން ރަސްފަންނުގައި - ފޮޓޯ: ޕީއެސްއެމް

އެތަނަށް ދިޔަ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް އަނީތާއާއި އެކު ސެލްފީ ނެގުމުގެ ފުރުސަތުވެސް ލިބިގެންގޮސްފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14695542978526.jpg|އަނީތާ ރަސްފަންނުގައި ފޭނުންނާއެކު- ފޮޓޯ: ޕީއެސްއެމް

އަނީތާ ހަސަންދާނީ ޗުއްޓީ ހޭދަކުރުމަށް ފިރިމީހާ ރޯހިތް ރެޑީއާއި އެކު ރާއްޖެ އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. އޭނާ މިރޭގެ ވަގުތެއްގައި އަނބުރާ ޤައުމަށް ދިޔުމަށްޓަކައި ފުރާނެއެވެ.

އަނީތާ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާއާ ވަރަށް ރަހުމަތްތެރި އަނީތާގެ އިންސްޓަގްރާމް އެކައުންޓު ނުވަ ލައްކަ އަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ.

އަނީތާ ބޮލީވުޑްގެ ބައެއް ފިލްމްތައް ވެސް ކުޅެފައިވެއެވެ. އޭގެ ތެރޭގައި "ކްރިޝްނާ ކޮޓެޖް" އަދި "ކޮއި އާޕްސާ" ހިމެނެއެވެ.