ތަޢުލީމު

ސީއެޗްއެސްއީގެ ދަރިވަރުން ލ އަތޮޅަށް


ސީއެޗްއެސްއީގެ ގްރޭޑް އެގާރަ އަދި ބާރައިގައި ކިޔަވަމުންދާ 42 ދަރިވަރަކު މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ލ.އަތޮޅަށް ގޮސްފިއެވެ.

މިމަހުގެ ފަންސަވީހުން ނަވާވީހަށް ކުރާ މިދަތުރާއި ގުޅޭ ގޮތުން ސީއެޗްއެސްސީގެ ކޮލިފައިޑް ލީޑިންގ ޓީޗަރ ނާހިދާ މުޙައްމަދު ވިދާޅުވީ، ލ އަތޮޅުގައި ހުރި އާޘާރީ ތަންތަނަށް މިކުދިން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާނެކަމަށެވެ. އަދި މިނިވަންދުވަހުގެ މުނާޞަބަތުގައި ލ ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލާއި ގުޅިގެން މިނިވަންދުވަހުގެ ޖަލްސާއެއް ބާއްވާނެކަމަށްވެސް ނާހިދާ ހާމަކުރެއްވިއެވެ.

ސީއެޗްއެސްސީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ކުރާ މިދަތުރުގައި ބައިވެރިވާ ދަރިވަރުން ޕީއެސްއެމްއަށް މަޢުލޫމާދެމުން ބުނީ މިދަތުރަކީ އެކުދިންނަށް ގިނަ މަޢުލޫމާތު ތަކެއް ލިބޭނެ މުހިންމު ދަތުރަކަށް ވާނެކަމަށް އުންމީދުކުރާކަމަށެވެ.