ކުޅިވަރު

ޤައުމީ ޓީމްގެ ކޯޗްކަމުގެ މަޤާމަށް އޮސްޓްރޭލިއާގެ ޑެރެން ސްޓްވާޓް


ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމުގެ މަޤާމަށް އޮސްޓްރޭލިއާގެ ޑެރެން ސްޓްވާޓް ހަމަޖައްސައިފިއެވެ. އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ސްޓްވާޓް ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗްކަމަށް ހަމަޖެއްސިއިރު އޭނާ މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުއެވެ. 

ސްޓްވާޓް ވަނީ މީގެ ކުރިން ސިންގަޕޫރުގެ ގިނަ ކްލަބްތަކަކަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ބެލެސްޓިއާ ޚަލްސާ، ވުޑްލޭންޑް ވެލިންގޓަން ފާހަގަކޮށްލެވެއެވެ. އުމުރުން 50 އަހަރުގެ ސްޓްވާޓް ރާއްޖޭގެ ޤައުމީ ޓީމާއެކު ނިކުންނަ ފުރަތަމަ މެޗަކަށް ވެގެންދާނީ އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ސެޕްޓެމްބަރ މަހު ލާއޯސްއާ ދެކޮޅަށް ނިކުންނަން ޖެހޭ މެޗެވެ. ޤައުމީ ޓީމްގެ ކޯޗްކަމުގެ މަޤާމަށް ޑެރެން ސްޓްވާޓް ހަމަޖައްސާފައިމިވަނީ އެންމެ ފަހުން ޓީމަށް އިރުޝާދުދިން ނިއުޒީލެންޑްގެ ރިކީ ހާބާޓް ވަކިކުރުމަށްފަހުއެވެ.

 ރިކީ ހާބާޓްގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ގޭމްސްގައިވެސް ރާއްޖެއަށްވަނީ ރަނގަޅު ނަތީޖާއެއް ހޯދޭގޮތް ނުވެފައެވެ.