އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް) ކަމަަށް ކަނޑައަޅައިފިއެވެ.
އިންޑިއާގެ މަހާބަލީޕޫރަމްގައި ބާއްވާ މި މުބާރާތުގައި ރާއްޖޭން ބައިވެރިވާނެ އެތުލީޓުން ހޮވުމަށް ވަނީ ޓްޔަރަލްސް ތަކެއް ބާއްވާފައެވެ. ޓްރަޔަލްތަކުގެ ފައިނަލް ހީޓުގައި ވާދަކުރީ މި ތިން އެތުލީޓުންގެ އިތުރުން ނަޖާހު މުހައްމަދެވެ.
ފައިނަލް ހީޓްގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯފދީ އަންމަޑޭއެވެ. ދެވަނަ ހޯދީ ސްމައިލީއެވެ. ތިންވަނަ ހޯދީ ހޫބްސްއެވެ.
މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ އޭޝިއާ ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. މިދިޔަ އަހަރު ތުލުސްދޫގައި މި މުބާރާތް ބޭއްވިއިރު ރާއްޖެއިން ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. މިއަހަރުގެ މުބާރާތް އޮންނާނީ އޮގަސްޓްމަހުގެތެރޭގައެވެ.