ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވޭ

  • ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު 2689، ޢުމުރުން 62 އަހަރުގެ ޢަލީ ޝަރީފް

މަސްތުވާތަކެތީގެ މައްސަލައެއްގައި 62 އަހަރުގެ މީހަކު ރ.އިންގުރައިދޫއިން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅާއެކު ރ.އިންގުރައިދޫއިން ހައްޔަރުކުރީ މާލެ، ދަފްތަރު ނަންބަރު 2689، ޢުމުރުން 62 އަހަރުގެ ޢަލީ ޝަރީފް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޢަލީ ޝަރީފް ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 14ވަނަ ދުވަހު އިންގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނުމާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.