ވިޔަފާރި

އުރީދޫ މޯބައިލް މަނީ- "އެމް ފައިސާ"ގެ ނަމަށް ރީބްރޭންޑް ކޮށްފި


އުރީދޫއިން މި އަހަރުގެ ކުރީކޮޅު ތަޢާރަފު ކުރި މޯބައިލް މަނީގެ ޚިދުމަތަށް ގިނަ އަދަދެއްގެ ޕާޓްނަރުން ހަމަޖައްސައި، "އެމް ފައިސާ"ގެނަމުގައި އެ ޚިދުމަތް ރީބްރޭންޑުކޮށްފިއެވެ.

އުރީދޫއެމްފައިސާގެ ޚިދުމަތަކީ ވޮލެޓްގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި ފޯނުގައި ޚިދުމަތްރަޖިސްޓްރީ ކޮށްގެން، އެކައުންޓަކަށް ފައިސާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށްއެކި ވިޔަފާރީގެ މުޢާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އެމްފައިސާގެ ޚިދުމަތުގެ ޕާޓްނަރުންގެ ގޮތުގައި ސްޓެލްކޯ، އެސްޓީއޯ، ރާއްޖެއޮންލައިން، ފުޑްހަބް އަދި ޝްވެކް ސިނަމާ ހިމެނެއެވެ. އެހެންކަމުން އުރީދޫ އެމްފައިސާގެޚިދުމަތް މެދުވެރިކޮށް، މޯބައިލް ފޯނު މެދުވެރިކޮށް މި ކުންފުނިތަކަށް ފައިސާދެއްކޭނެއެވެ.

މިވަގުތުމީޑިއާނެޓާއި ރާއްޖެ އޮންލައިންގެ ޚިދުމަތުގެ ބިލް އެމް ފައިސާއިން ދެއްކޭއިރު އެހެން ޕާޓްނަރުންނަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެޚިދުމަތް ވަރަށް އަވަހަށް ތަޢާރަފު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އެމްފައިސާޚިދުމަތުން ރާއްޖޭގެ އެއް ސަރަހައްދުގައި ހުރި ފަރާތަކުން ދުރުގައި ހުރި މީހަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

ރޭ އުރީދޫއިން އެމްފައިސާގެ ކެމްޕޭން ލޯންޗުކުރުމަށް ހޮޓެލް ޖެންގައި ބޭއްވިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އެމްފައިސާގެ ޚިދުމަތް ތަޢާރަފު ކުރީ ހަމައެކަނި މާލެއަށް ބަލާފައި ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މި ޚިދުމަތް ލިބޭނެ ގޮތްތައް ބަލާފައިވާ ކަމަށެވެ. އެގޮތުން، 50 މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށަކަށް ވެސް މޯބައިލް މަނީ ޚިދުމަތުން ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.