އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަންއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކާލޯސް އަލްކަރާޒްގެ އެއްބަސްވުން ދާއިމީކުރަން އެ ކުލަބުން ނިންމައިފިއެވެ.
އާޖެންޓީނާއަށް އުފަން އުމުރުން 22 އަހަރުގެ އަލްކަރާޒް އެވަޓަންއާ ގުޅިފައިވަނީ އެ ޓީމުގެ ކޯޗު ކަމަށް ޑޭވިޑް މޮޔެސް އައްޔަން ކުރި ފަހުން މިދިޔަ ފެބްރުއަރީ މަހު ބްރެޒިލްގެ ފްލެމިންގޯއިންނެވެ. އަދި އޭނާ އާއިއެކު އެވަޓަންއިން ހަދާފައިވާ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ޖޫން މަހުގެ ނިޔަލަށެވެ.
އާޖެންޓީނާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް ހިމެނޭ އަލްކަރާޒް ވަނީ އެވަޓަންއާ ގުޅުނު ފަހުން އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ އެވަޓަން އަށް ކުޅުނު 16 މެޗުގައި ދެ ލަނޑު ޖަހައި އަދި އިތުރު ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އަލްކަރާޒް އެވަޓަން އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެހެންކަމުން އޭނާ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބުގައި މަޑު ކުރާނެ އެވެ.
އަލްކަރާޒް ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ސައުތެމްޓަންއަށްވެސް ކުޅެފަ އެވެ. އޭނާ ސައުތެމްޓަންއާ ގުޅިފައިވަނީ 2023 ވަނަ އަހަރު އާޖެންޓީނާގެ ރޭސިން ކްލަބުން 12 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ނަމަވެސް ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެ އެ ކްލަބާއެކު ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ.