ޚަބަރު

ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


  • އަންނަ މަހުން ފެށިގެން ރޭޓްތައް ކުޑަވާނެ

މިފެށޭ ޖޫންމަހުގެ އަންނަ މަހުން ފެށިގެން ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ‏1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތަކަށް ގެންނަވާ ބަދަލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީގެ އަގުތަކާއި މިހާރުގެ އަގުތައް އެނގޭގޮތަށް އެމަނިކުފާނު ވަނީ ތަފްސީލް ހިއްސާކުރައްވާފައެވެ/

ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް
ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް

ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ ކަރަންޓު ބިލު ބޮޑުވުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.