ޚަބަރު

"އަމާޒަކީ ކޮންމެ 4 މަހަކުން ޤުރުއާން މުބާރާތެއް ބޭއްވުން"


ޕަބްލިކް ސަރވިސްމީޑިޔާއިން ބޭއްވި ކުޑަ ކުދިންގެ ޤުރުއާން ކިޔެވުމުގެ މުޅި މުބާރާތުން ބަލައިގެންކިޔެވުމުގެ ގޮފިން އެއްވަނަ މުޙައްމަދު ސާއީ މުބާރިކް އަދި ނުބަލާ ކިޔެވުމުގެގޮފިން މުޅި މުބާރާތުން އެއްވަނަ ޙަސަން އާހިލް ޢަބްދުއްސަމަދު ޢަލީ އާއި އިސްމާޢީލްއައިކް މުޙައްމަދު ހޯދައިފިއެވެ.

img:http://s1.psmnews.mv/images/660x400/14692037111012.jpg|ޕީއެސްއެމް ކުޑަކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް އިން ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ މި މުބާރާތުގެ، މިއަހަރުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ.

img:http://s1.psmnews.mv/images/660x400/14692020711408.jpg|ޕީއެސްއެމް ކުޑަކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ލިބިފައިވަނީ ޞައްޙާފް އަބްދުލްޙަސީބަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ޙަމްޒާ ބިން ޢަލީ ރަމީޒުއަށެވެ. މިއަހަރުގެ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ދެވަނަ ލިބިފައިވަނީ އިބްރާހީމް ރަބީޠު ޠާހާއަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ޢަބްދުﷲ މުއުމިން މުޙައްމަދަށެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ޕީއެސްއެމް އިން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތައް ބާއްވައިގެންނެވެ.

img:http://s2.psmnews.mv/images/660x400/14692032272520.jpg|ޕީއެސްއެމް ކުޑަކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި، ޖުމްލަ 850 ކުދިން ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި އޮޑިޝަންތަކުގައި 5 ހާހާއި ގާތްކުރާ އަދަދަކަށް ކުދިން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން، 5 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ ފާތިމަތު ފައިހާ އިބްރާޙީމް އާއި ޔޫމީ އަޙްމަދު ޔާމީންއެވެ. 7 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ ޙަމްޒާ ބިން ޢަލީ ރަމީޒުއެވެ. އަދި 10 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ މުޙައްމަދު ސާއީ މުބާރިކްއެވެ.

img:http://s3.psmnews.mv/images/660x400/14692037996432.jpg|ޕީއެސްއެމް ކުޑަކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ މުބާރާތުން ނުބަލައިގެން ކިޔެވުމުގެ ބައިން، 5 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ މަރިޔަމް ޒޯޔާ ޙަސަން ސަޢީދެވެ. 7 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ ޙަސަން އާހިލް ޢަބްދުއްސަމަދު ޢަލީ އާއި އިސްމާޢީލް އައިކް މުޙައްމަދެވެ. އަދި 10 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ  އިބްރާޙީމް ރަބީޠު ޠާހާއެވެ.

img:http://s1.psmnews.mv/images/660x400/14692038496906.jpg|ޕީއެސްއެމް ކުޑަކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

އިނާމް ދިނުމުގެ ރަސްމިޔާތުގައި ވާހަކަދައްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ އަމާޒަކީ ކޮންމެ 4 މަހަކުން ޤުރުއާން މުބާރާތެއް ބޭއްވެވުން ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އެންމެ އަލިގަދަ ތަރި ޖޫނިއަރ ކަންވެސް އިކްރާމް ފާހަގަކުރެއްވިއެވެ.

އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ފަރާތުން ދީނީ ޓީވީ ޗެނަލެއް ލޯންޗް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޓުގައި ކުރިއަށް އެބަ ގެންދަވާކަމަށާއި އަދި ހިޖުރީ އާ އަހަރު ފެށެންވާއިރަށް އެ ޗެނަލް ލޯންޗުކުރުމަށް ޕީއެސް އެމުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.