ކުޅިވަރު

ގާސިއާ އަންނަން ދެކޮޅު ހެދުމުން ބާސެލޯނާއިން ވަބްރޫގަން ގަންނަނީ


އެސްޕަނިއޯލްގެ ގޯލްކީޕަރު ޖޯން ގާސިއާ ބާސެލޯނާއަށް ކުޅެން ދެކޮޅު ހަދާތީވެ، އޭނާގެ ބަދަލުގައި އިނގިރޭސިވިލާތުގެ ބްރައިޓަންގެ ގޯލްކީޕަރު ބާޓް ވަބްރޫގަން ގަތުމަށް އެ ކުލަބުން މަސައްކަތް ފަށައިފިއެވެ.

ބާސެލޯނާއިން ޒުވާން ކީޕަރަކު ހޯދުމަށް މަސައްކަތް ކުރަނީ އެ ކުލަބުގައި މި ވަގުތު ތިބި ތިން ކީޕަރުންގެ ތެރެއިން ދެ މީހުންނަކީ އުމުރުން 33 އަހަރަށްވުރެ މަތީގެ ކުޅުންތެރިންނަށްވުމުންނެވެ. ޒުވާން ކީޕަރަކަށް ހުރީ އިނާކީ ޕެންޔާ އެވެ. ނަމަވެސް އޭނާ ވިއްކާލަން ވަނީ ހަމަޖައްސައިފަ އެވެ. އެއި ކޯޗު ހަންސީ ފްލިކަށް ކަމުނުދާތީ އެވެ.

ބާސެލޯނާ އިން ވަނީ މިހާތަނަށް ޖޯން ގާސިއާ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސްޕޭނުގައި ކުޅުމަށްވުރެ ބޮޑަށް އޭނާ އިސްކަން ދެނީ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅުމަށެވެ. އޭނާ ވިއްކަން އެސްޕަނިއޯލްއިން ނިންމާފައިވާ އަގަކީ 25 މިލިއަން ޔޫރޯ އެވެ. މި އަގުދޭން ބާސެލޯނާ ތައްޔާރު ނަމަވެސް ކުޅުންތެރިޔާގެ އާނ ބަސް ހޯދަން ވަނީ ދަތިވެފަ އެވެ. އިނގިރޭސި ލީގުގެ ޓީމުތަކުގެ ތެރެއިން އާސެނަލް އަކީ އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެއް ކުލަބެވެ.

ބާސެލޯނާއިން މިހާރު ސްކައުޓް ކުރަމުންދަނީ ބްރައިޓަންގެ ކީޕަރެވެ. ނެދަލޭންޑްސްގެ ޒުވާން ވަބްރޫގަން ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު ނެދަލޭންޑްސްގެ ގައުމީ ޓީމުގައި ވެސް އެއްވަނަ ކީޕަރުކަން ކުރަނީ އޭނާ އެވެ. ބާސެލޯނާއިން އޭނާ ގަތުމަށް މަސައްކަތް ފެށިއިރު ޖަރުމަނު ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީން ވެސް އެ ޓީމުތަކުގެ ޝޯޓް ލިސްޓުގައި ބްރޫގަން ވަނީ ހިމަނާފަ އެވެ.