ޚަބަރު

ރަޝިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • ފަތުރުވެރިކަން ވަނީ %8 އިތުރުވެފައި

  • ރަޝިއާއިން 101،837 ފަތުރުވެރިން ވަނީ އައިސްފައި

ރަޝިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ރަޝިއާއަކީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ވަނަ މާކެޓެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. މިމަހުގެ 25 ގެ ނިޔަލަށް ރާއްޖެއަށް 942،427 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %8 އިތުރުވުމެކެވެ.

ރަޝިއާއަކީ މިއަހަރުގެ މިހާތަނަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން 101،837 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %10.8 އެވެ. މިދިޔަ އަހަރު ރަޝިއާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 5 ޤައުމު:

* ޗައިނާ: 111،217 ފަތުރުވެރިން
* ރަޝިއާ: 101،837 ފަތުރުވެރިން
* އިނގިރޭސިވިލާތް: 96،914 ފަތުރުވެރިން
* އިޓަލީވިލާތް: 80،727 ފަތުރުވެރިން
* ޖަރުމަނުވިލާތް: 72،256 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6500 އެއްހާ ފަތުރުވެރިން އާދެއެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 672000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 218000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1191 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހާ ތަނެއްގެ ބެޑް ކެޕޭސިޓީ 63000 އަށްވުރެ އިތުރުކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.