ސިޔާސީ

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔައިފި


އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ޖަލްސާއެއް ބާއްވައިފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީ އަދި ސަރުކާރާ ދެކޮޅު ފަރާތްތަކުން ބައިވެރި މި ޖަލްސާގައި އިދިކޮޅު އެމް.ޑީ.ޕީގެ އިސްވެރިންނާއި، އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެ ވާހަކަދައްކަވާފައެވެ. އަދި ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް ވަނީ އިނގިރޭސިވިލާތުގައި ހުންނަވައި ވީޑިއޯ މެދުވެރިކުރައްވައި ޖަލްސާގައި ވާހަކަދައްކަވާފައެވެ.

އާރޓްފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމް.ޑީ.ޕީ ހަރުގޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަދެއްކެވި ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ޖަލްސާ ކުރިއަށްދިޔަ ވަގުތު އެސަރަހައްދުގެ އަމަން ބެލެހެއްޓެވުމަށް ގިނައަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.