ޚަބަރު

ބީއެމްއެލް ކާޑުތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓެއް


  • ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، އެ ބޭންކުގެ އޮފަރ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ޑިސްކައުންޓް ލިބޭނެކަމަށް އެ ބޭންކުން ވިދާޅުވިއެވެ. މި ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މީގެކުރިންވެސް މިފަދަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތްކުރަމުންގެންދަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައެވެ.