ކުޅިވަރު

ވިކްޓްރީގެ ކޯޗް ކަމަށް ކިސް ހަމަޖައްސައިފި


ވިކްޓަރީގެ އާ ކޯޗަކަށް، ރާއްޖޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލާސްލޯ ކިސް ހަމަޖައްސައިފިއެވެ.

ވިކްޓްރީގެ ކޯޗްކަމަށް ކިސް ހަމަޖެއްސީ ކުރިން ހުރި ކޯޗް މުޙައްމަދު ނަޒީހު އިސްތިއުފާ ދިނުމުންނެވެ. ރާއްޖޭގެ ވެލެންސިޔާއާ އަދި ވީބީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް ވިކްޓަރީއާއި ގުޅުނީ މި ސީޒަނުގެ ނިޔަލަށް ކަމަށް އެކްލަބުން މަޢުލޫމާތުދެއެވެ. އަދި ނަތީޖާތަށް ރަނގަޅުވެއްޖެނަމަ އިތުރު އަހަރަކަށް ކިސް ވިކްޓަރީގައި މަޑުކުރާނެކަމަށްވެސް ވިކްޓްރީން މަޢުލޫމާތުދެއެވެ.

ވިކްޓަރީއާއި ހަވާލުވުމަށް އަންނަ އާދީއްތަ ދުވަހު ކިސް މާލެ އައުމަށްވަނީ ހަމަޖެހިފައެވެ. ހަންގޭރީގެ ކިސްވަނީ މީގެ ކުރިން ވެލެންސިޔާ އަދި ވީބީ ސްޕޯޓްސްއަށް ލީގު ހޯދަދީފައެވެ. ކިސް ވިކްޓްރީއާ ހަވާލުވާއިރު ކުޅުނު 9 މެޗުން ލިބުނު 4 ޕޮއިންޓާއެކު ވިކްޓްރީ މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ.

 ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން ވިކްޓްރީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މިމަހުގެ 29 ވަނަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅޭ މެޗެވެ.