ބޭންކް އޮފް މޯލްޑިވްސްއިން، ފަސޭހަކަމާއެކު ފައިސާގެ ދެއްކޭނެ މޮބައިލް ޕޭގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިކަމަށްޓަކައި ބޭއްވި ރަސްމިޔާތުގައި މި ޙިދުމަތް ތަޢާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އާއި އެބޭންކްގެ ރީޓޭލް ބޭންކިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުއެވެ. މޮބައިލްޕޭގެ އެންމެ ބޮޑު އެއްބޭނުމަކީ ކޭޝް ކާޑް ނުދީ ވިޔަފާރި ފުރިހަމަ ކުރުމުގެ ފުރުޞަތު މިލިބިގެންދާނެއެވެ.
ބީއެމްއެލްއިން ތަޢާރަފް ކުރި މިޚިދުމަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސަީޢދު ވިދާޅުވީ ކާޑުގެ އެއްވެސް ކަހަލަ މަޢުލޫމާތެއް ވިޔަފާރިކުރާ ފަރާތަށް ނުވަތަ އެނޫންވެސް ފަރާތަކަށް މި ޚިދުމަތް ހޯދުމުގައި ދޭން ނުޖެހޭނެކަމަށެވެ.
"ފިހާރައަކަށް ގޮސް އާމުކޮށް ދޭންޖެހެނީ ކާޑް އޭގެ ބަދަލު ފޯން ، އެންޑްރޮއިޑް ފޯނެއްވެއްޖެއްޔާ އެންޑްރޮއިޑް ފޯން ޕީއޯއެސްއަށް ދިއްކޮށްލީމަ ޓްރާންސެކްޝަން ހެދިގެންދާނެ. އަދި އައިފޯން ގެންގުޅޭ ފަރާތްތަކުން އައިފޯނަށް ވަގުތުން އަންނަ ނޮޓިފިކޭޝަން އެޕްރޫވްކޮށްލުމުން އެހިސާބުން އެ ޓްރާންސެކްޝަން ފުރިހަމަވެގެންދާނެ. ކާޑުގެ އެއްވެސް ކަހަލަ މަޢުލޫމާތެއް ވިޔަފާރިކުރާ ފަރާތަށް ނުވަތަ އެހެން ފަރާތަކަސް ވެސް ދޭކަށް ނުޖެހޭނެ" ސަޢީދު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14690020535422.jpg|ބީއެމްއެލް މޯބައިލް ޕޭގެ ޚިދުމަތް ބޭނުންކުރާނެގޮތް ދައްކާލަނީ- ފޮޓޯ: ބީއެމްއެލް މި ޚިދުމަތާއިއެކު ބީއެމްއެލްގެ ބޭންކިންގ ޚިދުމަތުގައި ކަސްޓަމަރުން ބޭނުންކުރާ ހުރިހާ ކާޑްތަކެއްގެ ބޭނުން އެއް ޚިދުމަތެއްގެ ތެރެއިން ލިބިގެންދާނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށް ބީއެމްއެލް އިން ވަނީ "ބީއެމްއެލް މޯބައިލް ޕޭ" މޯބައިލް އެޕްލިކޭޝަންނެއް ތަޢާރަފް ކޮށްފައެވެ. މި އެޕްލިކޭޝަން ގޫގްލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރ އިން ޑައުންލޯދް ކުރެވޭނެކަމަށް ބިއެމްއެލް އިން ހާމަކުރެއެވެ.
މި ޙިދުމަތް، ބީއެމްއެލްގެ ޕީއޯއެސް ގެ ޚިދުމަތްލިބޭ ހުރިހާ ސަރަހައްދަކަށްވެސް ލިބިގެންދާނެކަމަށް ބިއެމްއެލް އިން ހާމަކުރެއެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އެކު ތަޢާރަފްކޮށްފައިވާ މި ޚިދުމަތުގެ ސަބަބުން ގިނަބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ. އަދި މިޚިދުމަތުގެ ސަބަބުން ފައިސާ ފޮނުވުމުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެންޑުރޫ ހީލީ ވިދާޅުވިއެވެ.