ތަޢުލީމު

ކުޅުދުއްފުށީ ކެމްޕަހުގައި 3 ބުރީގެ ކްލާސްރޫމް ބްލޮކެއް ހަދަނީ


ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ހަދާ 3 ބުރީގެ ކުލާސްރޫމް ބުލޮކާއި އޮޑިޓޯރިއަމް އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.

މި ދެ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ، ޤައުމީ ޔުނިވަރސިޓިގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފެވެ.

ޔުނިވަރސިޓީން ހާމަކުރައްވާ ގޮތުގައި، މިތިން ބުރީގެ ކްލާސްރޫމުގެ ޢިމާރާތުގެ އެންމެ ތިރި ތައްޔާރުކުރެވޭނީ ކެންޓީނެއް ހިންގޭނެ ވަޞީލަތާއެކުގައެވެ. ފުރަތަމަ ފަންގިފިލާ ޑިޒައިން ކުރެވިފައިވަނީ ލެބޯޓްރީއާއި ޕްރޮފެޝަން ރޫމް ހިމެނޭގޮތަށެވެ. އަދި ދެވަނަ ފަންގިފިލާ ޑިޒައިން ކުރެވިފައިވަނީ އެގްޒަރމް ހޯލެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށާއި ކުލާސް ރޫމެއްގެ ގޮތުގައި ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ކުލާސްރޫމަކަމަށްވެސް ބޭނުންކުރެވޭ ގޮތަށެވެ.

މި ދެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވުނީ އެސް.ޖޭ ކޮންސްޓްރެކްޝަން އެންޑް ޑްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ 19 މިލިޔަން ރުފިޔާގެ ދެ ޕުރޮޖެކްޓެއްކަމަށާއި 365 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭކަމަށް ޔުނިވަރސިޓީން ވިދާޅުވިއެވެ.