ވިޔަފާރި

އެމްއެމްއޭސީން މާލޭގައި ވިޔަފާރި ފެސްޓިވަލެއް ފަށައިފި


މޯލްޑިވްސް މިއުޒިކް އެންޑް އާރޓްސް ސެންޓަރ، އެމްއެމްއޭސީން މާލޭގެ ކާނިވާ ސަރަހައްދުގައި ވިޔަފާރި ފެސްޓިވަލެއް ފަށައިފިއެވެ.

މި ފެސްޓިވަލަކީ އާންމުކޮށް ވިޔަފާރިތަކުން ވިއްކާ ބާވަތްތައް ހެޔޮއަގެއްގައި އެއްތަނަކުން ގަތުމުގެ ފުރުޞަތު އާންމުންނަށް ދިނުމުގެ ގޮތުން ބާއްވާ ވިޔަފާރި ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި އައްޑިހައަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެއެވެ.

މިހާރުވެސް ވިޔަފާރިތަކަށް ސްޓޯލްތައް ނެގުމުގެ ފުރުޞަތު އޮތް މި ފެސްޓިވަލުގައި ދޫކުރާ ސްޓޯލެއްގެ ބޮޑުމިނަކީ 10 ފޫޓެވެ. އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ކޮންމެ ވިޔަފާރިއަކަށްވެސް މި ވިޔަފާރި ފެސްޓިވަލުގައި ތަކެތި ވިއްކުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި ވިޔަފާރި ފެސްޓިވަލުން މޭޒެއް ދޫކުރަނީ 6000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

10 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވިޔާފާރި ފެސްޓިވަލް ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް އެމްއެމްއޭސީން މަޢުލޫމާތުދެއެވެ.