ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރުންނާ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ބައްދަލުކުރައްވައި އެދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
އެ ދަރިވަރުންނާ ވަޒީރު ބައްދަލުކުރައްވާފައިވަނީ ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާގެ މައްސަލަތަކެއް ދިމާވެފައިވުމާއެކު އެފަދަ މައްސަކަތައް ހައްލުކޮށްދެއްވުމަށް އެދުމާ ގުޅިގެންނެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާކަމަށެވެ. އަދި ވަޒީރު ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާފައެވެ. އެ ބައްދަލުވުމުގައި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަޒީރު ޑރ. އަލީ ޙައިދަރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާ ބައްދަލު ކުރައްވައިފި. އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ - 1/2 pic.twitter.com/NJUckFDoox
— Min. of Higher Edu, Labour and Skills Development (@MoHEmv) May 8, 2025
ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ދިވެހި ދަރިވަރުން އަންނަނީ ޕައިލެޓްކަން ކިޔަވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 500 އެއްހާ މީހުންނަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކިޔަވައި ނިމިފައިވާ ދަރިވަރުންގެ ތެރޭގައި މިވަގުތު 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލި އެބަތިއްބެވެ.
މިބައްދަލުވުމަކީ ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އެހީ އާއި އެއްބާރުލުން ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް އަމާޒުކޮށް ބޭއްވާ ސިލްސީލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން، މޫސުމަށް އަންނަ ބަދަލުތަށް ފަދަ ދަރިވަރުންގެ އިޚްތިޔާރުން ބޭރުން ދިމާވާ މައްސަލަތަކުގެ ސަބަބުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލާ ދިޔުމާއި ގުޅިގެން ދިމާވާ މާލީ ދަތިތަކާއި ގުޅިގެން މަޝްވަރާކުރައްވައެވެ.