ޚަބަރު

މަސައްކަތްތެރިންގެ ޚިދުމަތަކީ ވިލުންތެރި މުސްތަޤްބަލެއް ޤާއިމުކުރުމުގެ ބިންގާ: ރައީސް


  • ރައީސް ވަނީ ދުވަހުގެ ތަޙްނިޔާ ފޮނުއްވަވާފަ

މަސައްކަތްތެރިންގެ ޚިދުމަތްތަކަކީ ރާއްޖޭގެ އިޤްތިޞާދު ބާރުވެރިކޮށް، މުޖުތަމަޢުތައް ހަރުދަނާކޮށް، ވިލުންތެރި މުސްތަޤްބަލެއް ޤާއިމުކުރުމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިގެން ދުވަހުގެ ތަޙުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަނީ ދިވެހި މަސައްކަތްތެރިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި މަސައްކަތްތެރިންގެ ޚިދުމަތްތަކަކީ ރާއްޖޭގެ އިޤްތިޞާދު ބާރުވެރިކޮށް، މުޖުތަމަޢުތައް ހަރުދަނާކޮށް، ވެލުންތެރި މުސްތަޤްބަލެއް ޤާއިމުކުރުމުގެ ބިންގާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ "ރިވޮލިއުޝަނަލައިޒިންގ ސްކިލްސް އެންޑް ޓްރެއިނިންގ: ބިލްޑިންގ އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮރ އިންކްލޫސިވް އިކޮނޮމިކް ގްރޯތް"އެވެ. މި ޝިއާރަށް އަލިއަޅުވާލައްވާ ރައީސް ވަނީ ބަވަނަވެފައިވާ ދުނިޔޭގައި އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި މަސައްކަތްތެރިންގެ މަސައްކަތާއި އެ މީހުންވާ ޤުރުބާނީގެ އަގު ވަޒަންކުރުމެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުއެވެ.