ޚަބަރު

ފެތުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


16 ވަނަ ގައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް އަންނަ މެއި މަހުގެ 17 ގައި ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތް އޮންނާނީ ކުޑަގިރީގައި ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ހާ ހަމައެވެ.

16 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ކުރިޔަށްދާނީ ޝޯ 5 ކިލޯ މީޓަރާއި 3 ކިލޯމީޓަރު ރޭސް ކޯސް، ޝޯ 1 ކިލޯމީޓަރ ރޭސް އަދި ޝޯ 0.5 ކިލޯ މީޓަރ ރޭސް ކޯސްގެ އިވެންޓުތަކެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތަކަށް މިއަދުންފެށިގެން ސްވިމިން އެސޯސިއޭޝަންގެ ވެބްސައިޓްމެދުވެރިކޮށް އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.