ވިޔަފާރި

މޯލްޑިވިއަންގެ އަށް ވަނަ ސީޕްލޭން ގެނެސްފި


ޤައުމީ އެއާލައިން މޯލްޑިވިއަންގެ އަށް ވަނަ ސީޕްލޭން ގެނެސްފިއެވެ.

މި ސީ ޕްލޭންއަކީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ސީ ޕްލޭން ގެނެސްފައިވަނީ ކެނެޑާއިންނެވެ. މިއީ ފަނަރަ މީހުންގެ ޖާގައިގެ ބޯޓެއްކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ. މި އަހަރު އެ ކުންފުނީގެ ސީޕްލޭން 10 އަކަށް އިތުރު ކުރަން މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ. މޯލްޑިވިއަންގެ ފްލީޓަށް މިހާރު 8 ސީ ޕްލޭން ގެނެސްފައިވާއިރު މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ ފަސް ރިސޯޓަކަށް ސީ ޕްލޭންގެ ޚިދުމަތްދެމުންނެވެ. އަދި ދުވާލެއްގެ މައްޗަށް ފަނަރަވަރަކަށް ދަތުރު ސީ ޕްލޭންތަކުން ކުރަމުން އަންނަކަމަށް އެފަރާތުން މައުލޫމާތުދެއެވެ. 

މޯލްޑިވިއަންގެ އަމާޒަކީ ވީހާވެސް ގިނަ ރިސޯޓްތަކަކަށް ސީ ޕްލޭންގެ ޚިދުމަތް ފުޅާކުރުމެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަން ސީ ޕްލޭންގެ ޓަރމިނަލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ސީ ޕްލޭން ޑޮކް ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.