މުނިފޫހިފިލުވުން

ފިލްމް 4426ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި


މިފަހަކަށް އައިސް ދިވެހި ފިލްމްތަކުން ފެންނަ މަންޒަރުތަކާއި އަދި ދިވެހި ފިލްމުތަކުގެ ވާހަކަތަކަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ހަމަ މިއާއެކު ދިވެހި ބައެއް ފިލްމްތަކަށް އާންމުންވެސް އަންނަނީ އިންތިޒާރުކުރަމުންނެވެ. މީގެ އެއް ފިލްމަކީ ފާތިމަތު ނަހުލާގެ އާ ޑައިރެކްޝަން 4426އެވެ.

ހަގީގީ ހާދިސާ އަކަށް ބިނާކޮށް ތައްޔާރު ކުރާ މި ފިލްމުގެ ޑައިރެކްޝަންގައި،  ނަހުލާގެ އިތުރުން ވާށޭ މަށާއެކީ އަދި ފަތިސްހަނދުވަރުގެ އެނބުރި އައުން ފަދަ ފިލްމް ތަކުގައި މަސައްކަތް ކޮށްފައިވާ އަޙުމަދު ޝިނާން ވެސް ޙަރަކާތްތެރިވެފައިވެއެވެ. މިފިލްމްގެ ފުރަތަމަ ޓްރެއިލާ އާންމުކުރުމާއެކު ސޯޝަލް މީޑިއާގައި މި ފިލްމްގެ ޓްރެއިލަރ އަންނަނީ ބޮޑު ތަރުހީބެއް ހޯދަމުންނެވެ. އަދި ބައެއް އާންމުން މި ފިލްމަށް އިންތިޒާރުކުރަމުން އަންނަކަންވަނީ ހާމަކޮށްފައިއެވެ. މި ފިލްމަކީ އާންމުކޮށް ނަހުލާ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރާ ފިލްމްތަކާއި ވަރަށް ތަފާތު ފިލްމެކެވެ. 

fb:https://www.facebook.com/4426Movie/videos/1214555528565997/

ނަހުލާ ބުނީ މި ފިލްމަކީ ނަހުލާ އޭނާގެ ކެރިއަރުގައި ކުރާ އެންމެ ބުރަ މަސައްކަތްކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ބިރުވެރި ފިލްމްތަކަށް ބަލާއިރު އާންމުންގެ ގިނަ ބައެއް ސިއްސުވާލާނެ ފިލްމެއްކަމަށް ފިލްމްގެ ޑައިރެކްޓަރ ފާތިމަތު ނަހުލާ ބުނެއެވެ.

ފިލްމުގައި ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބުގެ އިތުރުން ޖުމައްޔިލް ނިމާލް އާއި މަރިޔަމް އައްޒަ އަދި އަހްމަދު ޖުމައިހް ފެނިގެންދާނެއެވެ. މި ފިލްމްގެ ބޮޑުބައެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު މި ފިލްމް ސިނަމާގައި ދައްކަން ފަށާނީ އޮކްޓޫބަރު މަހުގެ އަށާރަވަނަ ދުވަހުއެވެ .