ޚަބަރު

އުތުރާއި މެދުރާއްޖޭގެ ސަރަޙައްދުތަކަށް ޔެލޯ އެލަރޓް ނެރުއްވައިފި


ރާއްޖޭގެ އުތުރުން ފެށިގެން މެދުތެރޭގެ ސަރަޙައްދުތަކަށް ވައިގަދަވުމާ ގުޅިގެން މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާރޓް ނެރުއްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވިގޮތުގައި ހއ.ން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް އެވްރެޖްކޮށް ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. 

ވައިގަދަވުމާ ގުޅިގެން ޔެލޯ އެލާރޓް ނެރުއްވާފައިވަނީ މެންދުރު 2 ން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެއްވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ އިލްތިމާސް ކުރައްވާފައިވެއެވެ.