ކުޅިވަރު

ވީއޭއެމް ކަޕް: ޖީޖީ 0-3 ހުރާ ކޮމިއުނިޓީ ކުލަބު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ޅ. ނައިފަރު ޖީޖީ ސްޕޯޓްސްގެ މައްޗަށް ކ. ހުރާ ކޮމިއުނީޓީ ކުލަބުން ކުރިހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގެ މިއަދު ހަވީރު ކުޅުނު މެޗުން ހުރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ހުރާ ގެންދިޔައީ 25-19، 25-14 އަދި 25-22 އިންނެވެ.

މެޗުގެ ފުރަތަމަ ދެސެޓު ހުރައަށް ފައްސޭހަކޮށް ދިޔަނަމަވެސް ފަހު ސެޓުގައި ޖީޖީ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ޓީމުގެ ރަޝިޔާ ކުޅުންތެރިޔާ ވެރޯނިކާ ޒުބަރޭވާއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެން މުބާރާތްތަކެވެ.