ކުޅިވަރު

އޮލްމޯ ތިން ހަފުތާއަށް ކުޅުމާ ދުރަށް


ބާސެލޯނާގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ތިން ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
މި އަނިޔާގެ ސަބަބުން އޭނާއަށް މުހިންމު މެޗުތަކެއްވެސް ގެއްލޭނެ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗާއި، ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗާ އޭޕްރީލް ނުވައެއްގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

އޮލްމޯއަށް އަނިޔާވީ ސްޕެނިޝް ލީގުގައި މި ހަފުތާގައި އޮސަސޫނާއާ ދެކޮޅަށް ކުޅެނިކޮށެވެ.

ބާސެލޯނާއިން މި މެޗުގައި އަނިޔާވެގެން ބާލަން ޖެހުނު ކުޅުންތެރިންގެ ޓެސްޓުތައް ހެދީ ހުކުރު ދުވަހު ކަމަށެވެ. އަދި ސްކޭންތަކުން ދައްކަނީ އޮލްމޯގެ ކަނާތު ފައިގެ މަސްގަނޑު އިރައިގެން ގޮސްފައިވާތަން ކަމަށެވެ. އަދި މި އަނިޔާ ރަނގަޅުވާން ތިން ހަފުތާ ނަގާނެ ކަމަށާއި، މި އަނިޔާ އަކީ ކުލަބަށް ކުރިމަތިވި އިތުރު މައްސަލައެއް ކަމަށެވެ.

އޮލްމޯ އަކީ މި ސީޒަނުގައި ބާސެލޯނާއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ހާއްސަކޮށް މި ފަހުން ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި އޭނާ އަންނަނީ ލަޑު ޖަހަން އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ.