ޚަބަރު

މި ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް


މި ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، މިނިވަންދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބަންދުކުރާ ދުވަހަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުގައެވެ.

28 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ނިންމެވުމުން މިނިވަން ދުވަހާ ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި ފަސްދުވަސް ލިބޭނެއެވެ.