ދުނިޔެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން ކެމެރަން އިސްތިޢުފާ ދެއްވަނީ!


އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމުން އަންނަ ބުދަ ދުވަހު އިސްތިޢުފާ ދެއްވާނެކަމަށް ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ.

މިނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ ކޮންޒަރވަޓިވް ޕާޓީގެ ލީޑަރުކަމުގެ މަޤާމު މިހާރު ޔަޤީންވެވަޑައިގެންފައިވާ ތެރީސާ މޭއެވެ.   img:http://s1.psmnews.mv/images/660x400/14682508107809.jpg|އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަޤާމު ކަށަވަރުވެފައިވާ ތެރީސާ މޭ - ފައިލް ފޮޓޯ: ޒިންހުއާ

މިހާރު ދާޚިލީ ވަޒީރުކަމުގައި ހުންނެވި ތެރީސާ މޭއަށް މިމަޤާމު ކަށަވަރުވެފައިވަނީ ކޮންޒަރވަޓިވް ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ އެންޑްރިއާ ލީޑްސަމް އެމަޤާމަށް ވާދަނުކުރައްވަން ނިންމަވައި ނަން އަނބުރާ ގެންދެވުމާ ގުޅިގެންނެވެ. ޢުމުރުފުޅުން 59 އަހަރުގެ މޭ އަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ދެކޮޅު ހެއްދެވި ބޭފުޅެކެވެ.