40 ދޯންޔަކުން ކިރުވި މަހަށް 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ޖަމާކޮށްދީފިއެވެ. މިއީ މިދިޔަ ބުދަ ދުވަހު މަސްކިރުވި ދޯނިތަކަށް ޖަމާކޮށްދިން ފައިސާކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
Fishing Vessel Payments Update!
— MIFCO (@mifcomv) March 22, 2025
✅ BML Transfers: Credited, Settlement Period (20 March 2025)
🏦 Other Banks: Transfers on 27 March 2025, 2:30PM
Thank you for your patience! 🎣💙#48Hours #PaymentsOnTrack pic.twitter.com/DQIK9vPWGS
މިފްކޯއިން ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު 40 ދޯންޏަކުން މަސް ކިރާފައިވާ ކަމަށެވެ. އަދި އެ ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް 3.5 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. އެގޮތުން އެ ފައިސާ ޖަމާކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވިއެވެ. އަދި ބީއެމްއެލް ނޫން ބޭންކް ޓްރާންސްފާތައް މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:30ގައި ޖަމާކުރާނެކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.