މިރަމަޟާން މަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން
"ސިފަނުވި ދުލަކުން" މި ސިލްސިލާގެ 3 ވަނަ އެޕިސޯޑް ގެނެސްދިނުމަށް ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ އެންމެފަހުގެ ތައްޔަރީތައްވަމުންނެވެ. މިއެޕިސޯޑް ގެނެސްދޭނީ މިރޭ 22:00ގައި ޕީއެސްއެމް ނިއުސްއިންނެވެ.
ސިފަނުވި ދުލަކުންގެ މިރޭގެ އެޕިސޯޑް ޚާއްސަކޮށްފައިވަނީ މުޙައްމަދު ފާއިޒްއަށެވެ. މިއެޕިސޯޑުގެ ޕްރޮމޯ މިހާރު ވާނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ލޯފަންވުމަކީ މުޖުތަމަޢުގައި ބާކީވާންޖެހޭ ސަބަބެއް ނޫންކަން ފާއިޒް ސާބިތު ކޮށްދޭނެ.
— PSM News (@psmnewsmv) March 20, 2025
"ސިފަނުވި ދުލަކުން" ހޮނިހިރު ދުވަހުގެރޭ 22:00ގައި ޕީއެސްއެމް ނިއުސްއިން
co-sponsor @eTukuri_mv pic.twitter.com/BGhUWEMgnP
މިއިން ފެންނަ ގޮތުގައި ފާއިޒުގެ ހުރިހާވެސް މީހަކީ އޭނަގެ މަންމައެވެ. އޭނަ ކިޔައިދެނީ ބައްޕައެއްގެ ލޯބިން މަހްރޫމްވި ވާހަކައެވެ. ވޭންތަކުން ދިން ހިތި ހަނދާންތައް މާޒީގެ ސަފްހާތަކަށް ބަދަލުވިގޮތުގެ ވާހަކައެވެ. ލޯފަން މީހަކަށް ވީނަމަވެސް ދިރިހުރިހާ ހިނދަކު އުއްމީދު ކަނޑާނުލާނެކަން ފާއިޒުވަނީ ސާބިތު ކޮށްދީފައެވެ.
"ސިފަނުވި ދުލަކުން" މިޕްރޮގްރާމަކީ ލޯފަން ފަރާތްތަކަށް ޚާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ. ލޯފަން ނަމަވެސް، މުޖުތަމައުގައި ބާކީނުވެ އަބުރުވެރި ދިރިއުޅުމެއް އުޅެވިދާނެކަން އަންގައިދިނުމަކީ މިޕްރޮގްރާމްގެ މަޤްސަދެވެ.
މިސިލްސިލާގެ އެހެން ޕްރޮގްރާމްތަކެކޭވެސް އެއްފަދައިން މިޕްރޮގްރާމްގެވެސް ޝޫޓިން ކުރިއަށްގެންދިޔައީ މިއެޕިސޯޑުގައި ގެނެސްދޭ މުޙައްމަދު ފާއިޒް ދިރިއުޅޭ ރަށަށް ޕީއެސްއެމްގެ ޓީމުން ގޮސްގެންނެވެ.
މިސިލްސިލާގެ 4 އެޕިސޯޑެއް ގެނެސްދޭނެއެވެ. 4 ވަނަ އެޕިސޯޑްގެ ޕްރޮމޯވެސް ވަރަށް އަވަހަށް ބެލުންތެރިންނާ ހިބާސަށް ގެނެސްދޭނެއެވެ. މިޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެރޭ 22:00ގައި ޕީއެސްއެމް ނިއުސްއިންނެވެ.