ކުޅިވަރު

ކުލަބު ވޯލްޑް ކަޕުން މެކްސިކޯގެ ލިއޯން ވަކިކޮށްފި


ފީފާ ކުލަބު ވޯލްޑް ކަޕުން މެކްސިކޯގެ ކުލަބު ލިއޯން ވަކިކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމުއިއްޔާގެ މި ނިންމުމާމެދު ލިއޯންއިން ހިތްހަމަނުޖެހެއެވެ. މިހެންވެ އެކުލަބުން ބުނީ މި މައްސަލަ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ކޯޓު ކަމަށްވާ ކާސްގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

32 ޓީމުގެ މެދުގައި މި އަހަރުގެ ޖޫން 14 އިން ޖުލައި 14 އަށް އެމެރިކާގައި ބާއްވާ މުބާރާތުން ލިއޯން ވަކިކުރީ މުބާރާތުގައި ވާދަކުރާ މެކްސިކޯގެ ޕަޗޫކާ އާއި ލިއޯން އަކީ އެއް ބަޔަކު ހިންގާ ދެ ކުލަބު ކަމުގައި ބަލާފަ އެވެ. މި ދެ ކުލަބު ވެސް ހިންގަނީ ޕަޗޫކާ ގްރޫޕުންނެވެ. ފީފާގެ މުބާރާތުގެ ގަވާއިދު މުބާރާތުން އެއް މެނޭޖްމަންޓަކުން ހިންގާ ދެ ކުލަބަކަށް އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ.

ނަމަވެސް ލިއޯންއިން ބުނީ ފީފާއިން އެ ކުލަބު މުބާރާޔުން ވަކިކުރީ އެއީ ޕަޗޫކާ ގްރޫޕާ ގުޅުމެއްނެތި މާލީ ގޮތުންނާއި އިދާރީ ގޮތުން ވެސް މިނިވަންކޮށް ހިނަގާ ދެ ކުލަބުކަން އެނގޭގޮތަށް ލިޔުކިއުން ބަދަލު ކުރަމުންދަނިކޮށެވެ.

ލިއޯން މުބާރާތުން ވަކިކުރި ކަމުގައިވީ ނަމަވެސް ޕަޗޫކާ އަށް މުބާރާތުން ޖާގަ ދޭން ފީފާއިން ވަނީ ނިންމައިފަ އެވެ. މި ދެ ކުލަބު ވެސް ކޮލިފައިވީ ކޮންކާކަފް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްގެންނެވެ. ލިއޯން މުބާރާތް ކާމިޔާބު ކުރީ 2023ގަ އެވެ. ޕަޗޫކާ 2024ގަ އެވެ. ފީފާއިން ނިންމީ މި ދެ ކުލަބު ވެސް ގަވާއިދަށް ނުފެތޭތީވެ ފުރަތަމަ ކޮލިފައިވި ޓީމު ކަމަށްވާ ލިއޯން މުބާރާތުން ވަކިކުރާށެވެ.

ލިއޯން އަކީ އިނގިރޭސިވިލާތުގެ ޗެލްސީ އާއި ބްރެޒިލްގެ ފްލެމިންގޯ އާއި ޓިއުނީޝިއާގެ އެސްޕެރަންސްއާއެކު ކުލަބު ވޯލްޑްކަޕުގެ ގްރޫޕް ޑީގައި ހިމެނުނު ޓީމެކެވެ.