ޚަބަރު

"އެވެރިން" ސިލްސިލާގެ މިފަހަރުގެ އެޕިސޯޑު ޚާއްސަކޮށްފައިވަނީ އައްސަދާއި އަކުރަމަށް


  • މިދެބެއިންގެ ފުޓުބޯޅައިގެ ކެރިއަރުގައި ހިނގާފައިވާ މުހިންމު ކަންކަމާ ގުޅޭ ވާހަކަތައް ހިއްސާކުރާނެ

ޕީ.އެސް.އެމް ނިއުސްއިން މި ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދޭ " އެވެރިން " މިސިލްސިލާގެ ދެ އެޕިސޯޑް މިހާރު ވަނީ ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައެވެ.

މިސިލްސިލާގެ ތިންވަނަ އެޕިސޯޑް މިރޭ 22:00ގައި ޕީއެސްއެމް ނިއުސް އިން ގެނެސްދޭނެއެވެ.

މި ސިލްސިލާގެ ތިންވަނަ އެޕިސޯޑް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ އުހުގައި ނަންވިދާލާ ދެބެއިން ކަމަށްވާ، އައްސަދު ޢަބްދުލްޣަނީ އާއި އަކުރަމް ޢަބަދުލްޣަނީއަށެވެ. މިދެބެއިންނަކީ ރާއްޖެއަށް ފުޓުބޯޅައިގައި ރަން މެޑަލް ހޯދައިދިން ދެފަހަރުވެސް ޓީމުގެ އެންމެ އިސް މޭސްތިރިންނެވެ.

މިޝޯވގެ ތެރެއިން މި ދެބެއިންގެ ފުޓުބޯޅައިގެ ކެރިއަރުގައި ހިނގާފައިވާ މުހިންމު ކަންކަމާ ގުޅޭ ވާހަކަތައް ހިއްސާކުރާނެއެވެ.

"އެވެރިން" މި ސިލްސިލާގެ ޕްރޮގްރާމްތަކަކީ ދިވެހި ޤައުމަށް އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންގެ ވާހަކަތައް ހިމަނައިގެން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެކެވެ.

"އެވެރިން"ގެ ޖުމްލަ 5 އެޕިސޯޑެއް މިރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 22:00 ގައި ޕީއެސްއެމް ނިއުސްއިންނެވެ.