ކޮމަންވެލްތު ދުވަސް ފާހަގަކުރުމަށް ޚާރިޖީ ވުޒާރާގައި ރޯދަ ވިއްލުމެއް ބާއްވައިފިއެވެ.
މި ރޯދަ ވިއްލުން ބާއްވަވާފައިވަނީ ޚާރިޖީ ވުޒާރާއާއި ރާއްޖޭގައި ޤާއިމުވެފައިވާ ހުރި ހައިކޮމިޝަންތަކާ ގުޅިގެންނެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ އެއް ލަނޑުދަނޑިތަކެއް ޙާސިލުކޮށް ގުޅިގެން ކުރިއެރުން ހޯދަން ސާބިތުވެ ތިބިކަން މި ހަރަކާތުން ދޭހަކޮށްދިން ކަމަށެވެ.
ކޮންމެ އަހަރަކުވެސް ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ މާރިޗު މަހުގެ ދެވަނަ ހޯމަ ދުވަހުއެވެ. މި ދުވަސް މި އަހަރު ދިމާވީ މި މަހުގެ 10 ވަނަ ދުވަހާއެވެ.
ކޮމަންވެލްތުގައި 56 ޤައުމު ހިމެނެއެވެ. މި ޖަމިއްޔާގައި ޢާންމު ގޮތެއްގައި ހިމެނެނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ޤައުމުތަކާއި އިނގިރޭސި ހިމާޔަތުގެ ދަށުން މިނިވަންވެފައިވާ ޤައުމުތަކެވެ. ކޮމަންވެލްތު ދުވަސް މި ޤައުމުތަކުގެ މެދުގައި ފާހަގަކުރެއެވެ.
ކޮމަންވެލްތު ޖަމިއްޔާގެ ބޭނުމަކީ އެއް ލަނޑިދަނޑިތަކެއް ޙާސިލުކުރުމަށްޓަކައި ހަމަހަމަ ގޮތެއްގައި ހުރިހާ މެންބަރު ޤައުމެއްވެސް ގުޅިގެން މަސައްކަތްކުރުމެވެ.