ލިވަޕޫލްގެ މިޑްފީލްޑަރު ރަޔަން ގްރެވެންބާޗަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ ނެދަލެންޑްސް ސްކޮޑުން އޭނާ ވަކިކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ގްރަވެންބާޗް ނެދަލޭންޑްގެ ޓީމުން ބާކީކޮށްފައިވާއިރު ވެމްބްލީގައި ރޭ ކުޅުނު މެޗުގައި ކަރަބައޯ ކަޕްގެ ފައިނަލް މެޗުގައި ނިއުކާސަލް އަތުން ލިވަޕޫލް ވަނީ ބަލިވެފައެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގްރަވެންބާޗް އަންނަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން ރިކަވާރވަމުން ކަމަށާއި، އެހެންނަމަވެސް އަދި އޭނާއަށް ނުކުޅެވޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ރޮޓަޑަމްގައި ކުޅޭ މެޗުތަކާއި އޭގެ ފަހުން އާދީއްތަ ދުވަހު ވެލެންސިއާގައި ކުޅޭ ސްޕެއިންގެ މެޗުތަކުގައި ގްރެވެންބާޗްގެ ބަދަލުގައި ކުޅުންތެރިއަކު ހޯދުމަށް ނެދަލެންޑްގެ ކޯޗު ރޮނާލްޑް ކޯމަން ވަނީ ނިންމާފަ އެވެ.
މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލިވަޕޫލަށް 41 މެޗު ކުޅެފައިވާ ގްރެވެންބާޗްއަށް މި އަނިޔާގެ ސަބަބުން ދެން ލިވަޕޫލުން ކުޅޭ މެޗުގައި ކުޅެވޭނެ ކަމާމެދުވެސް ޝައްކު އުފެދޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.