ދުނިޔެ

މޯދީ ދެކުނުއެފްރިކާގެ ފީނިކްސް ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެކުނު އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީ ދެކުނު އެފްރިކާގައި އުޅުއްވި ދުވަސްވަރު ބިނާކުރެއްވި ފީނިކްސް ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފިއެވެ. img:http://s4.psmnews.mv/images/660x400/14681340688862.jpg|އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ - ފޮޓޯ: ޓްވިޓަރ

ފީނިކްސް ސަރަޙައްދަކީ ދެކުނު އެފްރިކާގެ ކުވާޒޫލޫ ނަޓާލް ޕްރޮވިންސްގައި 1904 ވަނަ އަހަރު މަހާތަމާ ގާންދީ ބިނާކުރެއްވި ވަރަށް ތާރީޚީ އާބާދީ ތަކެކެވެ. މިއީ ދެކުނު އެފްރިކާގެ ބޮޑު ސިޓީއެއްކަމަށްވާ ޑާބަންއާ 24 ކިލޯމީޓަރުގެ ދުރުގައިވާ ސަރަޙައްދެކެވެ. މޯދީ ވަނީ މިސަރަޙައްދަށް ވަޑައިގެން އެތަނުގެ އާންމުންނާ ބައްދަލުކުރައްވައި މަހާތަމާ ގާންދީގެ ހަނދާންތައް އައު ކުރައްވާފައެވެ. މޯދީ ދެކުނު އެފްރިކާއަށް ވަޑައިގެންނެވީ މޮޒަންބީކްއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުއެވެ. tw:https://twitter.com/narendramodi/status/751800692948492288

މޯދީ އެފްރިކާގެ ޤައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މޮޒަމްބީކްއާއި ދެކުނު އެފްރިކާގެ އިތުރުން ޓެންޒެނިޔާ އާއި ކެންޔާއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.