ކުޅިވަރު

ރާއްޖެ، ބޫޓާން އަދި ބަންގްލަދޭޝް އެއް ފަޅިއަކަށް


19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި، ބަނގްލަދޭޝް އަދި ބޫޓާން އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ސްރީ ލަންކާއެވެ.

އަންނަ މެއި މަހުގެ ނުވަވަނަ ދުވަހު އިންޑިއާގެ އަންދްރަޕްރަދޭޝްގައި ފަށާ މުބާރާތުގެ ގުރު ނެގުން އޮތީ މިއަދުއެވެ.

މުބާރާތުގައި ބައިވެރިވެފައިވަނީ ހަ ގައުމަކުންނެވެ. އެ ހަ ގައުމުގެ ތެރެއިން އެންމެ ފަހުގެ ފީފާ ރޭންކިންއަށް ބެލުމަށްފަހު ސީޑްކުރީ އިންޑިއާ އާއި ދިވެހިރާއްޖެއެވެ. އެއީ ރޭންކިންގައި ސާކް ސަރަހައްދުން އެންމެ ކުރީގައިވާ ދެ ގައުމަށްވުމުންނެވެ.

މުބާރާތް ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. މުޅި މުބާރާތުގައި ކުޅޭނީ ފައިނަލް މެޗާއެކު ނުވަ މެޗެވެ.

މި މުބާރާތަށް ރާއްޖޭގެ ސްކޮޑް މިހާރު ވަނީ އެކުލަވާލާފައެވެ.