އުމުރުން 37 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަން ފަށާފައިވަނީ، ނ. މަނަދޫ ރީޙުއްޞަބާ، އުމުރުން 37 އަހަރުގެ ޢަބްދުﷲ ޝިހާދު އެވެ. ފުލުހުން ވިދާޅުވީ، އޭނާގެ ޢައިލާއަށް އޭނާއާއި ގުޅޭ ޚަބަރެއް އެންމެ ފަހުންވީ، މިމަހުގެ 8ވަނަ ދުވަހުގެ 16:51 ގައި ކަމަށެވެ. އޭނާގެ ފޯނަށް ނުގުޅޭތާ ގިނަ ވަގުތުތަކެއް ވެފައިވާތީ ޢައިލާއިން އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:05 ގައެވެ.
ގެއްލިގެން ހޯދަމުންދާ ޝިހާދު ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.