ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނެދަލަންޑްސްގެ އަލްކްމަރ އަތުން 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ޓޮޓްނަމް ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލައެކެވެ.
މެޗުގެ 18 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޒުވާން ކުޅުންތެރިޔާ ލޫކަސް ބާރޖްވަލްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މި މެޗުން އަލްކްމާރ އަށް ވަނީ ކުރި ލިބިފަ އެވެ.
މި ލަނޑަށްފަހު ވެސް އަލްކްމަރއަށް ވަނީ ލަނޑު ޖަހަން ރަގަޅު ތިން ފުރުސަތެއް މި މެޗުގައި ލިބިފަ އެވެ. އޭގެ ތެރޭގައި ޓޮޓްނަމްގެ ކުރީގެ ފޯވަޑް ޕެރޮޓް ފޮނުވާލި ނުރައްކާތެރި ހަމަލައެއްވެސް ހިމެނެ އެވެ.
ޓޮޓްނަމްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅު ކުރުމަށްޓަކައި ކޯޗު ޕޮސްޓެކޮގްލޫ ވަނީ ދެވަނަ ހާފުގައި ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަނިޔާގައި ހަތް ހަފްތާ ހުރުމަށްފަހު އަލުން ކުޅެން ނިކުތް ޑޮމިނިކް ސޮލާންކޭ ވަނީ ކުޅެން އެރުވިތާ 20 މިނިޓު ފަހުން ވަނީ ބަދަލުކުރަން ޖެހިފަ އެވެ.
އަންނަ ހަފްތާގައި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމަށް ނިކުންނައިރު ޓޮޓްނަމްގެ ރޮޑްރިގޯ ބެންޓަންކޫރަށް ތިން ރީނދޫ ކާޑު ހަމަވެފައިވާތީ، އެ މެޗުގައި ނުކުޅެވޭނެ އެވެ.