ކުޅިވަރު

ރެއާލްގައި މި އުޅެނީ ހުވަފެނީ ދުނިޔެއެއްގައި: ވިނީޝިއުސް


ރެއާލް މެޑްރިޑުގައި އުޅެނީ ހުވަފެނީ ދުނިޔެއެއްގައި ކަމަށާއި، އުއްމީދަކީ އެ ކުލަބުގެ އެއްބަސްވުން އައުކުރުން ކަމަށް ބްރެޒިލްގެ ފޯވާޑް ވިނީޝިއުން ޖޫނިއަރ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ވިނީޝިއުސް ބުނީ އޭނާ އެންމެ ކުޑައިރު ވެސް ބޭނުންވީ ރެއާލް މެޑްރިޑަށް ކުޅެން ކަމަށެވެ.

"އަހަރެންގެ ކޮންޓްރެކްޓް ނިމޭނީ 2027ގައި. އަހަރެން ބޭނުންވަނީ އިތުރަށް އެ ކޮންޓްރެކްޓް އާކުރަން. އަހަރެން މިއުޅެނީ ހުވަފަނެއްގައި. އަހަރެންގެ ކުޑައިރުއްސުރެ އުއްމީދަކީ މި ކުލަބަށް ކުޅުން. އަހަރެން މިހާރު ވެސް ކާމިޔާބީތަކެއް ހޯދައިފިން. އަދިވެސް އިތުރު ކާމިޔާބީ ހޯދޭނެ،" ވިނީޝިއުސް ބުންޏެވެ.

އޭނާ މިހެން ބުނީ ސައުދީ އަރަބިއާގެ ކުލަބުތަކުންނާއި އެ ގައުމުގެ ސަރުކާރުން އޭނާ އެ ގައުމުގެ ލީގުގައި ކުޅެން ގެންދަން މަސައްކަތް ކުރާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ވިނީޝިއުސް ބުނީ ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ލިބުމާއެކު ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް އޭނާގެ ބަދަލުގައި ސްޕެއުނާއި މެންޗެސްޓާ ޔުނައިޓެޑްގެ ރޮޑްރީއަށް އެވޯޑް ލިބުނު ހަފުލާއަށް ނުދިޔައީ ކުލަބުން އެދުމުން ކަމަށެވެ.

"އަހަރެން މި ތަނުގައި ހުރެގެން ކަންކަން ކުރަނީ ކުލަބުން ބޭނުންވާ ގޮތަށް. ކުލަބުން އަހަރެން ގާތުގައި އެދުނީ ހަފުތާ އަށް (ޕެރިހަށް) ނުގޮސް މެޑްރިޑުގައި ހުރުމަށް. އަހަރެން ކުރީ އެކަންތައް،" ވިނީޝިއުސް ބުންޏެވެ.

އެ ހަފުލާ ރެއާލް މެޑްރިޑުން ބޮއިކޮޓް ކުރީ ވިނީޝިއުސްއަށް އެވޯޑް ނުދިނުމަކީ އިންސާފުން އެއްކިބާވުން ކަމަށް ބުނެފައެވެ.