ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ "ވޯލްޑްރޮފް ސެލެޑް" ތައްޔާރުކުރާނެގޮތެވެ. މިއީ ލުއި ކެއުމެއް ކާން ބޭނުންވާ މީހުންނަށް އަދި އެހެން ކެއުމަކާއި އެއްކޮށްގެން ކެއުމަށްވެސް ވަރަށް މީރު ސެލެޑެވެ. މި ސެލެޑުގައި މޭވާ، ތަރުކާރީ އަދި ބަދަން ހިމެނެއެވެ.
މުގުރި އަސޭމިރުސް
ލޮނު
ހިކިމޭބިސްކަދުރު
މަޔޮނައިޒް
ވޯލްނަޓްސް
ސެލަރީ
ލެޓިއުސް
އާފަލު
މި ސެލެޑުގެ މައި އިންގްރީޑިއަންޓަކީ އާފަލެވެ. ފުރަތަމަ އާފަލު ކުދިކޮށް ކޮށާލާނީއެވެ. އެއަށްފަހު ކޮށާލި އާފަލުކޮޅާއި ހިކިމޭބިސްކަދުރު، ވޯލްނަޓްސް، ސެލަރީ އަދި މަޔޮނައިސްކޮޅު ރަނގަޅަށް އެއްކޮށްލާނިއެވެ. އެއަށްފަހު ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް އަޅާފައި ސެލެޑު އެއްކޮށްލާނީއެވެ.
އާފަލުގެ ބަދަލުގައި ހުތް ނޫން އެހެން ބާވަތެއްގެ މޭވާއެއްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ވޯލްޑްރޮފް ސެލެޑުގެ މައި ރެސިޕީގައި ބޭނުންކުރާނީ އާފަލެވެ.
ޕީއެސްއެމް ނިއުސްގެ "ރޯދަ ބަދިގެ" ކޮންމެ ދުވަހަކުވެސް ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.