ރޯދަމަހާއި ގުޅިގެން މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މާލެ ސަރަހައްދުގައި 8 ތަނެއްގައި ވެކްސިން ދިނުން ކުރިއަށްދާއިރު އެތަންތަނުގައި ވެކްސިންދޭ ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭންވަނީ އާންމުކުރައްވާފައެވެ.
އެގޮތުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތަށް ޚާއްސަކޮށްގެން ޚިދުމަތްދޭ ދަމަނަވެށިން އެޚިދުމަތްދޭނީ ރަސްމީ ދުވަސްތަކުގެ 08:15އިން 13:15އަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 21:00އިން 22:00އަށް ޓްރެވަލް ވެކްސިން ޖެހުމުގެ އިންތިޒާމް ދަމަނަވެށީގައި ވަނީ ހަމަޖައްސާފައެވެ.
ރަމަޟާން މަހު އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ކުރިއަށްދާނީ ރަސްމީ ދުވަސްތަކުގެ 10:30އިން 13:30އަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ރޫޓިން ވެކްސިން ޖެހުން 10:15އިން 13:00އަށް ކުރިއަށްގެންދާއިރު، ޓްރެވަލް ވެކްސިން ޖެހުން ކުރިއަށްދާނީ ހޯމަ ބުރާސްފަތި އެދެދުވަހުގެ ރޭގަނޑު 21:30އިން 22:30އަށެވެ.
ރަމަޟާންމަހު މާލެ ސަރަޙައްދުގެ ވެކްސިންދޭ މަރުކަޒުތަކާއި ގަޑިތައް pic.twitter.com/6d92O5sYQn
— Health Protection Agency (@HPA_MV) March 3, 2025
ދަމަނަވެށި
އޭޑީކޭ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ޖީޕީ ކްލިނިކް - ހުޅުމާލެ ފޭސް 2
މެޑިކާ ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ވިލިމާލެ ހޮސްޕިޓަލް
ސެނެހިޔާ ހޮސްޕިޓަލްށް
ރަމަޟާން މަހާ ގުޅިގެންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭން އަންނަނީ ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރަނގަޅު ކާނާ ބޭނުން ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.