ޚަބަރު

ދިޔަވަމުންދިޔަ ލޯންޗުގައި ތިބި ހުރިހާ އެންމެން ސަލާމަތްކޮށްފި


  • އެއްވެސް މީހަކަށް އަނިޔާ ލިބުމުގެ މަޢުލޫމާތެއް ނުލިބޭ

  • ލޯންޗު 14:00ހާއިރު ވަނީ ތިލަފުށި ފަޅަށް ވައްދާފައި

ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދިޔަ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވުމާ ގުޅިގެން އެ ލޯންޗުގައި ތިބި މީހުން ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފަޅައިގެން ގޮސް ދިޔަވަމުންދިޔަ "ސުވެނިއަރ 34" ލޯންޗު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު 14:00 ކަންހާއިރު ތިލަފުށީ ފަޅަށް ވައްދައިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މި އުޅަނދުގައި 38 މީހުން ތިބިކަމަށާއި އެއީ 34 ޓޫރިސްޓުންނާއި 4 ކްރޫންކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުފަތުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.